އެމެރިކާއިން ތަމްރީނުކުރި ހަނގުރާމަވެރިންތަކެއް ގިނައަދަދެއްގެ ހަތިޔާރު ނުސްރާ ފްރޮންޓާ ހަވާލުކޮށްފި

އެމެރިކާއިން ތަމްރީނުކޮށްފައިވާ ހަނގުރާމަވެރިންގެ ގްރޫޕަކުން އެމެރިކާއިން އެމީހުންއަށް ދީފައިވާ ބައެއް ހަތިޔާރާއި ތަކެތި އަލް ގައިދާއާއި ބައިތު ހިފާފައިވާ ނުސްރާ ފްރޮންޓާ ހަވާލުކޮށްފައިވާ ކަމަށް އެމެރ...

26 Sep 2015 | 03:56

އެމެރިކާއިން ތަމްރީނުކޮށްފައިވާ ހަނގުރާމަވެރިންގެ ގްރޫޕަކުން އެމެރިކާއިން އެމީހުންއަށް ދީފައިވާ ބައެއް ހަތިޔާރާއި ތަކެތި އަލް ގައިދާއާއި ބައިތު ހިފާފައިވާ ނުސްރާ ފްރޮންޓާ ހަވާލުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ޕެންޓަގަންގެ ތަރުޖަމާނު ކެޕްޓަން ޖެފް ޑޭވިސް ބުނެފައިވަނީ އެމެރިކާއިން ތަމްރީނުކޮށްފައިވާ ނިއު ސީރިއަން ފޯސެސް ގެ ގްރޫޕަކުން ހަ ޕިކަޕް ޓްރަކާއި ހަތިޔާރުގެ ބައެއް، އައް ނުސްރާ ފްރޮންޓާ ހަވާލުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކޮލޮނެލް ޕެޓްރިކް ރައިޑާ ބުނެފައިވަނީ ހަނގުރާމަވެރިން ހަތިޔާރާއި ތަކެތި، އައް ނުސްރާއާ ހަވާލުކޮށްފައިވަނީ ނުސްރާ ފްރޮންޓްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުން ސަލާމަތާއެކު ދަތުރު ހޯދުމަށްކަމުގައެވެ. އަދި މިކަމަކީ ވަރަށް ކަންބޮޑުވާން ޖެހޭ އަދި ހަނގުރާމަވެރިން ތަމްރީނުކުރާ ޕްރޮގްރާމްގެ އުސޫލުތަކާވެސް ހިލާފުކަމެއްކަމަށް ރައިޑާ ވަނީ ބުނެފައެވެ.

ހަތިޔާރުތަށް ހަވާލުކޮށްފައިވާ ހަނގުރާމަވެރިންގެ މި ގްރޫޕަކީ އެމެރިކާއިން 500 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތިން އަހަރު ވަންދެން އަހަރަކު 5400 ހަނގުރާމަވެރިން ތަމްރީނު ކުރަން ފައްޓާފައިވާ ޕްރޮގްރާމެއްގެ ދަށުން ތަމްރީނުކޮށްފައިވާ 70 މީހުންގެ މައްޗައް އެކުލެވޭ ގްރޫޕެކެވެ. މީގެ ކުރިން މި ޕްރޮގްރާމްގެ ދަށުން ތަމްރީނުކުރި 54 ހަނގުރާމަވެރިން ވަނީ އައް ނުސްރާއާއި ހަނގުރާމަ ކޮށް އެކަކު މަރުވެ އަދި ބާކީ ތިބި މީހުންއަށް ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް