ކާރެއްގެ އިންޖީނު ދަށުގައި ފޮރުވައިފެން އިންސާނަކު ވަގުފާރި ކުރަން އުޅުނު ބަޔަކު އަތުލައިގެންފި

ކާރެއްގެ އިންޖީނު ދަށުގައި ފޮރުވައިގެން ސްޕޭނަށް އިންސާނަކު ވަގުފާރި ކުރަން އުޅުނު ބަޔަކު ސްޕޭނުގެ ފުލުހުން އަތުލައިގެންފި އެވެ. ސްޕޭނުގެ ޗެކްޕޮއިންޓަކުން ހިފެހެއްޓި ކާރެއްގެ އިންޖީނު ދަށުގައި މީހަކު ...

26 Sep 2015 | 03:43

ކާރެއްގެ އިންޖީނު ދަށުގައި ފޮރުވައިގެން ސްޕޭނަށް އިންސާނަކު ވަގުފާރި ކުރަން އުޅުނު ބަޔަކު ސްޕޭނުގެ ފުލުހުން އަތުލައިގެންފި އެވެ.

ސްޕޭނުގެ ޗެކްޕޮއިންޓަކުން ހިފެހެއްޓި ކާރެއްގެ އިންޖީނު ދަށުގައި މީހަކު ފޮރުވާފައި އޮއްވާ ފެނުނީ ދެ ޒުވާނަކު ދުއްވި ކާރެއް، ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވި ސްޕޭނު ފުލުހުން އިތުރަށް ބެލި ބެލުމުންނެވެ.

ސްޕޭނުގެ ފުލުހުން ބުނެފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޗެކްޕޮއިންޓްތަކުގައި ސްޕޭނު ފުލުހުން ހަރަކާތްތެރިވާއިރު އެކަމަށް ޝައްކުވީ ކާރުގައި ތިބި ދެމީހުން ކާރުން ފޭބުމުންވެސް އިންސާނެއްގެ ހިތުގެ ތެޅުން ސްޕެއިން ފުލުހުން ބޭނުންކުރި ސިސްޓަމަކަށް ނެގުމުންނެވެ.

އިތުރަށް ބަލައި ފާސްކުރިއިރު އިންޖީނުގެ ދަށުގައި އިތުރު ކޮމްޕާޓްމެންޓެއް ހެދުމަށްފަހު މީހަކު ލާފައިވާއިރު ކޮމްޕާޓްމެންޓްގެ ތެރޭގައި އޮތީ ގިނީއަށް އުފަން، 19 އަހަރުގެ ފިރިހެނެއް ކަމަށް ސްޕޭން ފުލުހުން ބުނެފައި ވެ އެވެ. އަދި އެމީހާގެ ހާލު ދެރަކަމުން ވަގުތުން ގެންދަންޖެހުނީ ހޮސްޕިޓަލަށް ކަމަށްވެސް ސްޕޭނުގެ ފުލުހުން ވަނީ ބުނެފައެވެ.

ވަގުފާރި ކުރުމަށް މަސައްކަތްކުރި ދެ ޒުވާނުން އެވަގުތު ފިލި ނަމަވެސް ފަހުން އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް އަނެކަކު ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށްވެސް ސްޕޭނުގެ ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް