ގަތަރުގައި ވޯލްޑްކަޕް ބާއްވާނެ ތާރީހް ފީފާއިން އިއުލާނުކޮށްފި

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފަށާ ތާރީހު ފީފާއިން އިއުލާނު ކޮށްފިއެވެ. މި މުބާރާތް އޮންނާނީ 21 ނޮވެމްބަރ 2022 ވަނަދުވަހުގައެވެ. އަދި 28 ދުވަހަށް ދެމިގެންދާ މި މުބާރާތުގެ ފައިނަލް ކުޅ...

26 Sep 2015 | 03:30

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފަށާ ތާރީހު ފީފާއިން އިއުލާނު ކޮށްފިއެވެ.

މި މުބާރާތް އޮންނާނީ 21 ނޮވެމްބަރ 2022 ވަނަދުވަހުގައެވެ. އަދި 28 ދުވަހަށް ދެމިގެންދާ މި މުބާރާތުގެ ފައިނަލް ކުޅޭނީ އެއަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުގައެވެ. ފައިނަލް ކުޅެން ހަމަޖައްސާފައި މިވަނީ ގަތަރުގެ ގައުމީ ޗުއްޓީ ދުވަހަކާ ދިމާކޮށެވެ.

މީގެ ކުރިން ފީފާއިން ވަނީ އަހަރުގެ ހޫނު މޫސުމުގެ ގަދަ ހޫނުގައި މުބާރާތް ނުބޭއްވުމަށް، ޖޫން-ޖުލައިގައި މުބާރާތް ނުބޭއްވުމަށް ނިންމާފައެވެ.

މި ވޯލްޑްކަޕަކީ އެހެން ފަހަރުތަކުގައި ބާއްވާ ވޯލްޑް ކަޕްތަކަށްވުރެ ހަތަރު ދުވަސް މަދު ވޯލްޑް ކަޕެކެވެ. މިހެން ހަދާފައި މިވަނީ ކުޅުންތެރިން ކުޅޭ ކްލަބްތަކަށް ވޯލްޑް ކަޕްގެ ސަބަބުން ދިމާވާނެ ދަތިތަށް ކުޑަކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް