ބަދުއަހުލާގީ މައްސަލައެއްގައި ސައުދީ ޕްރިންސަކު، އެމެރިކާގެ ލޮސްއެންޖެލިސް ގައި ހައްޔަރުކޮށްފި އެވެ.
ޕްރިންސް މަޖީދް އަބްދުލްއަޒީޒް އައް ސައުދު ހައްޔަރުކޮށްފައިވަނީ އަންހެނަކު ލައްވައި ގަދަކަމުން ޖިންސީ އެދުމެއް ފުއްދަން އުޅުމުގެ ކުށުގައި ކަމަށް ލޮސް އެންޖަލިސް ގެ ފުލުސް އޮފިސަރ ޑްރޭކް މެޑިސަން މީޑިއާއަށް މައުލޫމާތު ދީފައި ވެ އެވެ. އަދި އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުލުހުން ޕްރިންސް މަޖީދު ކުއްޔަށް ނަގާފައިވާ 37 މިލިއަން ޑޮލަރުގެ ގެއަށް ދިޔައީ އެހިސާބުގައި ދިރިއުޅޭ ބަޔަކަށް އެގެއިން ޒަހަމްވެފައިވާ އަންހެނެއް އެގޭގެ ފާރުމަތިން އަރަން އުޅޭމަންޒަރު ފެނިގެން އެކަން ރިޕޯޓުކުރުމުން ކަމަށެވެ.
ޕްރިންސް މަޖީދު މިހާރު ވަނީ ތިން ލައްކަ ޑޮލަރު ކަފާލާތަށް ދައްކައިގެން މިނިވަން ކޮށްފައެވެ. އެހެން ނަމަވެސް އޮކްޓޯބަރ މަހުގެ 19 ވަނަދުވަހު ކޯޓަށް ހާޒިރުވާން ޕްރިންސް މަޖީދަށް ވަނީ އަންގާފައެވެ. މިމައްސަލައާއި ގުޅިގެން ސައުދީގެ އެއްވެސް ކަމާބެހޭ ފަރާތަކުން އަދި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް