އިދިކޮޅު ސިޔާސީ ފަރާތްތަކުން އިއްޔެ ގެންނަން އުޅުނީ ބަޣާވާތެއްކަމަށް ތުހުމަތުކޮށް ދިވެހި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
އެގޮތުން ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިން ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރި ޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތް ނުހިންގޭނެހެން އިއްޔެ އެ ބޭންކުން ނިންމި ނިންމުމާއެކު އިދިކޮޅު އެމްޑީޕީއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ ނިކުންނާނެކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް