ޓިިކްޓޮކް ލައިވްތަކުގައި ޖިންސު އޮޅޭހެން އަންހެން ހެދުން އަޅާއިގެން އުޅޭ ފިރިހެނަކު ލައިވްތަކުގައި މިހާރު ދަނީ ނޫސްވެރިއެއްގެ އަބުރު ކަތިލަމުންނެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީ ވަނީ ގާނޫނާއި ހިލާފަށް ހިންގަމުންދާ ޓިކްޓޮކް އެ ލައިވް ރާއްޖެޓީވީ މެދުވެރިކޮށް ވަނީ ރިޕޯޓު ކޮށްފައެވެ. އެކަމާއި ގުޅިގެން ޅ.ނައިފަރަށް ނިސްބަތްވާ ދެ ފިރެހެނުން ވަނީ އިތުރު ލައިވްތަކުގައި ލައިޝާގެ އަނބުރު ކަތިލުމަށް އެތައް ވާހަކައެއް ދައްކާ، އެކި އެކި ތުހުމަތު ލައިޝާ އަދި އޭނާގެ ފިރިމީހާގެ ބޮލުގައި އަޅުވާފައެވެ. އަދި އެމީހުން ވަނީ ލައިޝާގެ ފޮޓޯއާއި އޭނާގެ ފިރިމީހާގެ ފޮޓޯވެސް ލައިވްގައި ދައްކާފައެވެ.
މިކަމާއި ގުޅިގެން އެމީހުންގެ އެ އަމަލު ހުއްޓުމަށް، ލައިޝާ ވަނީ އެމީހުުން ކިބައިން އެދިފައެވެ. އެހެން ނަމަވެސް އެމީހުން އެކަން ނުހުއްޓުމުން މިކަން ކަމާ ގުޅުން ހުރި އިދާރާ ތަކަށް ރިޕޯޓު ކުރާނެ ކަމަށް ލައިޝާ ވަނީ ބުނެފައެވެ.
ޓިކްޓޮޮކްގައި މި ދެމީހުންނަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހޫނު ފެނަށް ވެއްޓިފައި ތިބިބައެކެަވެ. މިމީހުން ވަނީ މީގެކުރިން ޓިކްޓޮކް ލައިވް މެދުވެރިކޮށް، އަންހެން ހެދުން އަޅާއިގެން100ރ އަށް ނަށަން ވެސް ނަށާފައެވެެ.
މުޖުތަމައުގައި މިފަދަ ކަންކަން މިހާރަކަށް އައިސް ދަނީ އާއްމު ވަމުންނެވެ. މުޖުތަމައުގައި ފަސާދަ އުފެދޭ މިފަދަ ކަންކަން ކުރާ މީހުންނާއި މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅެއް އަދި އެޅިފައެއް ނެތެވެ.
މި މީހުންނަކީ އަންހެން ހެދުން އަޅައިގެން ލައިވްވެ، އެއް ޖިއްސުން ގުޅުން ހިންގުން ޕްރޮމޯޓްކުރަން އުޅޭ މީހެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދި އޭގެ ތެރެއިން އެކަކު މިފަދަ މައްސަލައަކާއި ގުޅިގެން މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް