މާލޭ މީހުނަށް ގޯތި ދިނުމަށްޓަކައި، ގޯތީގެ ރަޖިސްޓްރީ މިނިސްޓްރިއިން ދެވޭ ގޮތް ހަދައިފި

ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކުން ނުވަތަ މިނިސްޓްރިއަކުން ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ. ސަރުކާރުން ވަނީ "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އ...

26 Aug 2023 | 08:34

ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކުން ނުވަތަ މިނިސްޓްރިއަކުން ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ސަރުކާރުން ވަނީ "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދު"ގެ ދެވަނަ އިސްލާހު އާއްމުކޮށްފައެވެ.

އެ ގަވާއިދުގައި ވާގޮތުން، ބިމުގެ ރަޖިސްޓްރީ ދޫކުރެވޭނީ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ ބިންތަކުގެ ރަޖިސްޓްރީގެ ކަންތައް އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކަށެވެ. ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން، ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާ އަކުންނެވެ.

ގަވާއިދުގައި ވާގޮތުން، ނުހިއްކާ އޮތް ތަނަކުން ނުވަތަ އިން ނުކަނޑާ އޮތް ތަނަކުންވެސް ގޯތި ދޫކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ގޯތީގެ ރަޖިސްޓްރީ ދޫކުރާއިރު ގޯތީގެ ބޮޑުމިނާއި ގޯތި ދޫކުރި ތަން ހިމަނާކަށް ނުޖެހެއެވެ.

 ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު އެ ފަރާތްތަކުގެ ގުރުއަތު ވަނީ ނަގާ ނިންމާފައެވެ.

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް