ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ހާއްސަކޮށްގެން ވެބް ބޭސްޑް ކޯޕަރޭޓް އަދި ރީޓެއިލް އިންޓަނެޓް ބޭންކިން ޚިދުމަތެއް ބޭންކް އޮފް ބޫޓާނުން ތައާރަފްކޮށްފިއެވެ.
ބޭންކް އޮފް ބޫޓާނުން މިދިޔަ ބުރާސްފަތި ދުވަހު މިޚިދުމަތް ތައާރަފްކޮށްފައި ވާއިރު އެބޭންކުން ބުނީ ޑިޖިޓަލް ޑިވައިސްތަކުގެ ހިތްހަމަޖެހުމާއެކު ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އޮންލައިންކޮށް މާލީ އަދި މާލީ ނޫން އަދި އެހެނިހެންވެސް ތަފާތު މުއާމަލާތްތައް މިޚިދުމަތް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
ބޫޓާން ލައިވް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ދެމުން އަންނަ ބީއޯބީ ގެ ހިދުމަތާ އެއްގޮތް ފީޗާތަކެއް ލިބޭ ނަމަވެސް މިފަހަރު މި ހިދުމަތް ލިބޭނީ އިތުރު އެޑްވާންޓޭޖްތަކާ އެކު އެވެ.
މީގެ އިތުރުން މިވެބް ހިދުމަތުގެ ސަބަބުން އެއް އޮޕަރޭޝަނެއްގައި ގިނަ މުއާމަލާތްތަކެއް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާއިރު، މާލީ މުއާމަލާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ކުންފުނިތަކަށް ހާއްސަކޮށްގެން ތައާރަފްކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. ނަމަވެސް ކޯޕަރޭޓް އެންޑް ރީޓެއިލް އިންޓަނެޓް ބޭންކިންއިން ފަރުދުންގެވެސް މުއާމަލާތްތަކަށް އެހީތެރިވެދެ އެވެ.
ބޭންކް އޮފް ބޫޓާން (ބީއޯބީ)ގެ ޗީފް އޮފް ކޯޕަރޭޓް ސްޓްރެޓެޖީ އުޕަހަރް ސުބޭދީ ވިދާޅުވީ، މާލީ މުއާމަލާތްތައް ކުރުމަށް މޯބައިލް ޑިވައިސް އެއް ބޭނުން ކުރަން ހިތްހަމަނުޖެހޭ ނުވަތަ އުދަގޫ ކަސްޓަމަރުންގެ ވަކި ބަޔަކު އެބަތިބި ކަމަށެވެ. އެހެންނަމަވެސް ، އެ ކަސްޓަމަރުންނަށްވެސް އިންޓަނެޓް ބޭންކިން ފަދަ ވެބް ބޭސްޑް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކޮންމެ ދުވަހަކު މާލީ ނުވަތަ ބޭންކިންއާ ގުޅުންހުރި ހަރަކާތްތައް ކުރަން ދެން ފަސޭހަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން ވިޔަފާރިތަކާއި އޮފީސްތަކުން ބޭންކަށް ޒިޔާރަތްކޮށް ޕޭރޯލް ޖަމާކުރުން ފަދަ މަސައްކަތްތަކާއި މުއާމަލާތްތައް ޕްރޮސެސް ކުރަން ޖެހުނު ނަމަވެސް މި އައި އާ އިންޓަނެޓް ބޭންކިންއާ އެކު، ޑިޕޮސިޓް ޑިވިޑެންޑް އަދި ޕޭރޯލް ފަދަ މުއާމަލާތްތައް ބޭނުންކުރަން ފެށޭނެކަމަށް ބޫޓާން ލައިވްއިން ރިޕޯޓްކޮށްފައިވެ އެވެ.
މި އާ އިންޓަނެޓް ބޭންކިންއާ އެކު ޑިވިޑެންޑާއި ޕޭރޯލް ޖަމާކުރުން ފަދަ މުއާމަލާތްތައް އޮންލައިންކޮށް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ފިޒިކަލް ވިޒިޓްތަކާ ނުލައި މި މަސައްކަތްތައް ކުރެވޭނެއެވެ.
"ސެކިއުއާ ފައިލް ޓްރާންސްފާ ޕްރޮޓޮކޯލް (އެސްއެފްޓީޕީ) ފަދަ ހިދުމަތްތައް ކަސްޓަމަރުންނަށް ދެމުން ދިޔަ ނަމަވެސް މުއާމަލާތްތަކަށް ބަލާއިރު އެއީ މާ ރައްކާތެރި ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އެސް.އެފް.ޓީ.ޕީ.އިން އިންޓަނެޓް ބޭންކިންގްއަށް ބަދަލުވާނެ، ޗީފް ވިދާޅުވި އެވެ.
މީގެ އިތުރުން މި ވެބް ހިދުމަތަކީ ރީޓެއިލް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ. ނަމަވެސް ކޯޕަރޭޓް ބޭނުންކުރާ ފަރާތްތަކުން އެންމެ ކުޑަ އަގެއް ދައްކަން ޖެހޭނީ އެ އަހަރު ތެރޭގައި ބައިވެރިވެފައިވާ މީހުންގެ އަދަދަށް ބަލައިގެން ކަމަށް ބޫޓާން ލައިވް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް