މެޓާ އިން އާ އޭއައި ކޯޑް ރައިޓިންޓޫލް އެއް ލޯންޗްކޮށްފި

ފޭސްބުކް އާއި އިންސްޓާގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ އިން އާ އޭއައި ކޯޑް ރައިޓިންޓޫލް އެއް ލޯންޗްކޮށްފިއެވެ. މެޓާ އިން ބުރާސްފަތި ދުވަހު ބުނީ ކޯޑް އުފައްދައި އިންސާނުން ލިޔެފައިވާ މަސައްކަތްތައް ޑި...

25 Aug 2023 | 19:21

ފޭސްބުކް އާއި އިންސްޓާގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ އިން އާ އޭއައި ކޯޑް ރައިޓިންޓޫލް އެއް ލޯންޗްކޮށްފިއެވެ.

މެޓާ އިން ބުރާސްފަތި ދުވަހު ބުނީ ކޯޑް އުފައްދައި އިންސާނުން ލިޔެފައިވާ މަސައްކަތްތައް ޑިބަގް ކުރުމަށް ކޯޑް ލާމާގެ ނަމުގައި އަމިއްލަ އޭއައި ޓޫލެއް ތައާރަފްކޮށްފި ކަމަށެވެ. ކޯޑް ލާމާއަކީ އުފެއްދުންތެރި މަސައްކަތް ތަކުގައްޔާއި އަދި ތައުލީމީ ވަސީލަތެއްގެ ގޮތުގައި ޕްރޮގްރާމަރުންނަށް އެހީތެރިވެދިނުމަށް ހަދާފައިވާ ޓޫލްއެކެވެ.

"ކޯޑް ލާމާ އަކީ ކޯޑިން ޓާސްކްތަކުގައި އާންމުކޮށް ލިބެން ހުރި އެލްއެލްއެމްތަކަށް އެންމެ ޒަމާނީ ފެންވަރުގެ އެލްއެލްއެމް އެވެ. މީގެ ސަބަބުން ޑިވެލޮޕަރުންނަށް ވޯކްފްލޯ އަވަސްވެ، ހަރުދަނާވެ، ކޯޑް ކުރަން ދަސްކުރަން ބޭނުންވާ މީހުންނަށް އޮތް ހުރަސް ކުޑަކުރުމުގެ ފުރުސަތު އެބައޮތް،" މެޓާ އިން ބުންޏެވެ.

ކޯޑް ލާމާ އަކީ ލަމާ 2 ގެ ކޯޑް-ސްޕެޝަލައިޒްޑް ވާޝަނެކެވެ. މިއީ އެ ކުންފުނީގެ ކޯޑް-ސްޕެސިފިކް ޑޭޓާސެޓްތަކުގައި ލަމާ 2 އިތުރަށް ތަމްރީނުކޮށް، އެ ޑޭޓާސެޓުން ސާމްޕަލް ނަގައިގެން އުފެއްދި ވާޝަނެކެވެ.

މައިގަނޑު ގޮތެއްގައި ކޯޑް ލާމާގައި ކޯޑިންގެ ގާބިލްކަން އިތުރުކޮށްދެ އެވެ. އޭގެ ތެރޭގައި ޕައިތަން، ސީ++، ޖާވާ، ޕީއެޗްޕީ، ޓައިޕްސްކްރިޕްޓް (ޖާވާސްކްރިޕްޓް)، ސީ#، ބޭޝް ފަދަ ގިނަ ޕްރޮގްރާމިން ލެންގުއޭޖްތަކަށް ސަޕޯޓްކުރެއެވެ.

"7ބީ، 13ބީ އަދި 34ބީ ޕެރަމީޓަރުތަކާ އެކު ކޯޑް ލާމާގެ ތިން ސައިޒެއް ނެރެމުން މިދަނީ. މިއިން ކޮންމެ މޮޑެލަކީ ކޯޑާއި ކޯޑާ ގުޅުންހުރި ޑޭޓާގެ 500ބީ ޓޯކަންތަކާއެކު ތަމްރީނުކޮށްފައިވާ މޮޑެލްއެއް،" މެޓާއިން ބުންޔެވެ.

މި ތިން މޮޑެލްގައި ތަފާތު ސަރވިންގ އަދި ލެޓެންސީ ރިކުއަރމަންޓްތަކަށް އެޑްރެސްކުރެއެވެ.

މެޓާއިން ބުނެފައިވަނީ ޕްރޮގްރާމަރުން މިހާރުވެސް އެލްއެލްއެމް ބޭނުންކޮށްގެން ތަފާތު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި އަދި އަމާޒަކީ ޑިވެލޮޕަރ ވޯކްފްލޯތައް މިހާރަށްވުރެ ހަރުދަނާ ކޮށް، ތަކުރާރުކޮށް ކުރާ މަސައްކަތްތަކުގެ ބަދަލުގައި ވަޒީފާގައި އެންމެ ފަސޭހަގޮތް އިހްތިޔާރުކުރުން ކަމުގައެވެ.

ކޯޑް ލާމާ ފަރުމާކޮށްފައި ވަނީ ރިސާޗް، އިންޑަސްޓްރީ، އޯޕަން ސޯސް ޕްރޮޖެކްޓް، އެންޖީއޯ އަދި ވިޔަފާރިތައް ހިމެނޭ ގޮތަށް ހުރިހާ ދާއިރާއަކުން ސޮފްޓްވެއާ އިންޖިނިއަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް