ގާސިމްގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކައެއް: އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ޕާޓީން ބުނެފި އެވެ. ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތު...

26 Aug 2022 | 18:28

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ގާސިމް ރިސޯޓު ސަން އައިލެންޑުގައި ހުންނަވަނިކޮށް ސިއްހީ ހާލު ވަނީ ވަރަށް ގޯސްވެފައި އެވެ. އެހެންވެ މާލެއިން ޑޮކްޓަރުންގެ ޓީމެއް އެމަޖެންސީގައި އެ ރިސޯޓަށް ދަނީ ދަތުރު ކުރަމުން ކަމަށް ބުންޏެވެ.

"ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ ވާހަކައިގަ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ގާސިމްގެ ސިއްހަތު ވަރަށް ރަނގަޅު ކަމަށެވެ

ގާސިމް ސަން އައިލެންޑުގައި ހުންނަވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް