ފިހާރައެއްގެ ތެރޭގައި 10 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގީ މާލޭގައި ކަމަށެވެ.
މި މައްސަލައިގަ 24 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކުރީ އިއްޔެ އެވެ.
އެމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް