މީހަކު ޓްވީޓެއް ކޮށްލާއިރަށް ރެނދުލާ ޕާޓީއެއް ރިޔާސީ އިންތިހާބާ ނޫޅެ ކޮންމެވެސް އެހެންކަމަކާ އުޅުން ބުއްދިވެރި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު މުސްތޮފާ (މުސްތޮ) ޓިނު އަދުރޭއަށް ގޮވާ ކުރެއްވި ޓްވީޓަކާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލީޝަންގައި ރެނދުލައި ބައިބައިވުން އުފެދިފައިވާކަމުގެ އަޑު ފެތުރިފައިވާއިރު މިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
މީހަކު ޓްވީޓެއް ކޮށްލާއިރު، ބޯކޮށް ވާރޭވެހިލާއިރަށް، ގަދަޔަށް ވައިޖެހިލާއިރަށް، މީހަކު ބާރަށް އެއްޗެއް ބުނެލާއިރަށް ރެނދުލާ ޕާޓީއަކަށް ރިޔާސީ އިންތިހާބެއްގައި ވާދަކުރެވިދާނެތޯ ނިހާދު ސުވާލު އުފައްދާފައިވެއެވެ.
"އެހެންކަމަކާ އުޅުން ބުއްދިވެރި" ނިހާދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި، އަދި މިހާރު ޕީޕީއެމްގެ ހަޒާންދާރުކަން ކުރައްވަމުންގެންދަވާ މުސްތޮ "ޓިނު އަދުރޭ" އަށް ގޮވައި ކުރެއްވި ޓްވީޓް މިހާރު ވަނީ ޑިލީޓްކުރައްވާފައެވެ. ނަމަވެސް އެ ޓްވީޓާއެކު އެ ކޯލީޝަނުގައި ހޫނުކަމެއް އުފެދި ބައިބައިވުމަށް ހުށަހެޅިފައިވާކަމަށް މައުލޫމާތު ހުރި ބައެއް ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް