ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިއަކީ މެސީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިހާތަނަށް އެެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓިނާ ތަރި ލިއޮނެލް މެސީއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުން...

26 Aug 2022 | 15:37

ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިހާތަނަށް އެެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓިނާ ތަރި ލިއޮނެލް މެސީއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހަތް ފަހަރު ހޯދާފައިވާ ޕީއެސްޖީ ފޯވާޑް ލިއޮނެލް މެސީ ވަނީ އޭނާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު 81 މެޗުގައި 76 ގޯލު ކާމިޔާބު ކޮށްފައެވެ. އެއީ ބާސެލޯނާ އާއި އެކު ކުޅުނު 76 މެޗުގައި ކާމިޔާބު ކުރި 71 ގޯލާއި ޕީއެސްޖީގައި ކުޅުނު ފަސް މެޗުގައި ކާމިޔާބު ކުރި ފަސް ގޯލެވެ.

މެސީއާއި އެންމެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އޭނާ ގުރޫޕް ސްޓޭޖުގައި ކުޅުނު 98 މެޗުން ކާމިޔާބު ކުރެވިފައިވަނީ 73 ގޯލެވެ. މިއީ މެސީއަށް ވުރެ ތިން ގޯލު މަދު އަދަދެކެވެ. އެއީ ރެއާލް މެޑްރިޑަށް ކުޅުނު 49 މެޗުން 55 ގޯލާއި ޔުވެންޓަސް އަށް ކުޅުނު 15 މެޗުން ހަތް ގޯލާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 34 މެޗުގައި ޖެހި 11 ގޯލެވެ

ތިން ވަނައަށް ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާއެވެ. އޭނާ ވަނީ 56 ގޯލު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް