ކަނޑަށް އެރުނު މީހަކު ސަލާމަތްކޮށްފި

މާލޭގައި ކަނޑަށް އެރުނު މީހަކު ސަލާމަތްކޮށް ފަރުވާދޭން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މީހަކު ކަނޑަށް ފުންމާލައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރު ހަތަރެއް ހާއި...

26 Aug 2022 | 14:01

މާލޭގައި ކަނޑަށް އެރުނު މީހަކު ސަލާމަތްކޮށް ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މީހަކު ކަނޑަށް ފުންމާލައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރު ހަތަރެއް ހާއިރު ލިބުނު ކަމަށާއި މިހާރު އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކަނޑަށް ފުންމާލި އެ މީހާ ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރީ ފުލުހުންގެ ލޯންޗަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މީހާ ކަނޑަށް ފުންމާލި ސަބަބެއް ނޭނގެއެވެ. ނަމަވެސް އެ ސަރަހައްދަށް އޭރު އެއްވެ ތިބި ބައެއް މީހުންނާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމީހާ މޫދަށް ފުންމާލީ ގަސްތުގައެވެ.

ސަލާމަތްކޮށްގެން ލޯންޗުން ސްޓްރެޗަރުގައި އަދި ސްޓްރެޗަރުން އެމްބިއުލާންސްގައި ގެންދިޔައިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށްވެސް މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް