ދެ ދުވަހުން ޕްލެޓްފޯމް ނުނެގުނީ ކަނޑު ގަދަވުމުން: އެފްކޯންސް

ވިލިމާލެ ފަރަށް އުރިފައިހުރި ޕްލެޓްފޯމް ދެ ދުވަސްތެރޭ ނަގާނެކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވީ މޫސުން ތަން ނުދޭތީ ކަމުގައި އެފްކޮންސް ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނެފައިވަނީ މި...

26 Aug 2022 | 07:19

ވިލިމާލެ ފަރަށް އުރިފައިހުރި ޕްލެޓްފޯމް ދެ ދުވަސްތެރޭ ނަގާނެކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވީ މޫސުން ތަން ނުދޭތީ ކަމުގައި އެފްކޮންސް ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެފްކޮންސްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ބާނި ގަދަވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށާއި ގާތުން މޫސުން މޮނީޓަރ ކުރަމުން އަންނ ކަމަށެވެ. އަދި މޫސުން ތަން ދިންހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ ތިން ދުވަސްކުރިން އެފްކޮންސް އިން ބުނެފައިވަނީ ދެ ދުވަސްތެރޭގައި އެ ޕްލެޓްފޯމު ފަރުން ނަގާނެ ކަމަށެވެ.

އެ ޕްލެޓްފޯމް ފަރަށް އެރިތާ ދެ ހަފްތާ ވާން ގާތްވެފައިވާއިރުވެސް ފުން ނުކުރެވޭތީ އާންމުން މިކަމުގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ޕްލެޓްފޯމް ނެގުމަށް އެކަށީގެންވާ މަސައްކަތް އެފްކޮންސް އިން ނުކުރާކަމަށްވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް