ބޭރަށް އަޑުނީވޭ ގޮތް ހަދާކަށް ނާންގަ، އެންގީ ޒަހުރިއްޔަ ނަމާދުތަކުގައި އަޑު މަޑުކުރަން

ނަމާދު ކުރާ އަޑު ބޭރަށް އަޑު އެއްގޮތަކަށްވެސް އަޑު ނީވޭ ގޮތް ހަދަން ނާންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން މިހެން ބުނީ ބޭރަށް ނަމާދު ކުރާ އަޑު ނީވީގޮތް ހެދުމަށް އިސްލާމިކް މ...

26 Aug 2022 | 06:46

ނަމާދު ކުރާ އަޑު ބޭރަށް އަޑު އެއްގޮތަކަށްވެސް އަޑު ނީވޭ ގޮތް ހަދަން ނާންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން މިހެން ބުނީ ބޭރަށް ނަމާދު ކުރާ އަޑު ނީވީގޮތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ހަބަރު ފެތުރުމުންނެވެ. މިނިސްޓްރީން ބުނީ އެ ހަބަރު ފަތުރަމުންދަނީ އޮޅުން އަރާގޮތަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެފަދަ އެންގުމެއް އެންގީ މާލޭގެ ފަސް މިސްކިތަކަށެވެ. އެ މިސްކިތްތަކަށް އިރުޝާދު ދިނީ ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް އެންގީ ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެވެ.

އަދި މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާ ކަމަށް ޝަކުވާ ލިބޭތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހެދުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނެތް ކަމަށެވެ. ކުރީއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް