އއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.
މި މަޝްރޫއު ކުރަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ދެ ޝިޕްމެންޓު ރަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި 1,238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން މި މަޝްރޫއު ނިމޭއިރު 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 186.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް