މުކުރިމަގު ސްކޫލުގައި ދެ ކްލާސްރޫމް ހަދަން ހަވާލުކޮށްފި

ލ. ގަން މުކުރިމަގު ސްކޫލްގައި ދެ ކުލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާޅުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއ...

26 Aug 2022 | 06:00

ލ. ގަން މުކުރިމަގު ސްކޫލްގައި ދެ ކުލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާޅުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމް އެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުﷲ ސައީދު އެވެ.

މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރ ީ1.6 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ނިންމަން ޖެހެނީ 85 ދުވަސް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް