ޔުއެފާ ޗެމްޕިއަންސް ލީގު 23-2022 ގެ ގުރޫޕް ސްޓޭޖުގެ ގުރު ނަގައިފިއެވެ.
ރޭ ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިޔަށް ދިޔައީ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައެވެ.
ރޭ ގުރު ނެގިއިރު، ސްޕެއިންގެ ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި އިންޓަ މިލާން ލައްވާލި އެއް ގުރޫޕެއްގައިވެ. އެއީ ގުރޫޕް ސީއެވެ.
ގްރޫޕް ސީގައި ބާސެލޯނާ އާއި ބަޔާން އަދި އިންޓަގެ އިތުރުން ދެން އޮތީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ. ގުރޫޕް ސީ އަކީ ގުރޫޕް އޮފް ޑެތް ގެ ގޮތުގައި ބެލެވިފައިވާ ގުރޫޕެވެ.
ގުރޫޕް އޭގައި ހިމެނެނީ އަޔެކްސް، ލިވަޕޫލް، ނަޕޮލީ އަދި ރޭންޖާސްއެވެ.
ގުރޫޕް ބީގައި ހިމެނެނީ ޕޯޓޯ، އެތްލެޓިކޯ މެޑްރިޑް، ބަޔާބް ލެވަކޫޝަން، ކުކަބް ބުރޫޖްއެވެ.
ގްރޫޕް ޑީގައި ހިމެނެނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އައިންޓްރަކްޓް ފްރޭންކްފާޓް، ޓޮޓެންހަމް ހޮޓްސްޕާސް، ސްޕޯޓިން ލިޒްބަން އަދި އޮލިންޕިކް މާސޭ އެވެ.
ގުރޫލް އީގައި ހިމެނެނީ އޭސީ މިލާން، ޗެލްސީ، ސަލްޒްބާގް އަދި ޑިނަމޯ ޒަގްރެބްއެވެ.
ގުރޫޕް އެފްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، އާރްބީ ލައިޕްޒިގު، ޝަހުތަރު ޑޮނެސްކް އަދި ސެލްޓިކްއެވެ.
ގުރޫޕް ޖީގައި ހިމެނެނީ މެންޗެސްޓާ ސިޓީ، ސެވިއްޔާ، ބޮރޫޝިއާ ޑޯޓްމަންޑް އަދި ކޮޕެންހާގެންއެވެ.
ގްރޫޕް އެޗްގައި ހިމެނެނީ ޕީއެސްޖީ، ޔުވެންޓަސް، ބެންފީކާ އަދި މެކަބީ ހައިފާ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް