އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ބެންޒިމާއަށް ލިބުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމު އެންޗެލޮޓީއަށް

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒިމާ ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ހޮވައިފިއެވެ. ޔޫރަޕްގެ އެންމެ މޮޅު ފިރިހެނ...

26 Aug 2022 | 04:23

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒިމާ ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަޤާމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ހޮވައިފިއެވެ.

ޔޫރަޕްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ބެންޒިމާ ހޮވުނުއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ.

އެންމެ މޮޅު ކޯޗަކަށް ކާލޯ އަންޗެލޮޓީ ހޮވުނުއިރު، އޭނާ މި އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕްއާ ވާދަކޮށެވެ. އަންޗެލޮޓީ އަށް 526 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔައަ ކްލޮޕް އަށް ލިބުނީ 210 ޕޮއިންޓެވެ. އަދި ތިން ވަނަ ހޯދި ގާޑިއޯލާ އަށް ލިބުނީ 108 ޕޮއިންޓެވެ.

އެންޗެލޮޓީ ވަނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަންވެސް ރެއާލްއަށް ހޯދައިދީފައެވެ.

މެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ރެއާލުން ހޯދިއިރު، އެމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ބެންޒެމާއެވެ. މުބާރާތުގައި ބެންޒިމާ 15 ލަނޑު ޖެހިއެވެ. ބެންޒިމާއާއެކު އެވޯޑަށް ވާދަކުރީ ރެއާލްގެ ކީޕަރު ކޯޓުއާއާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބުރައިނާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް