ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރު މިރޭގައި ނެގިއިރު، މުބާރާތުގެ އެންމެ ވަރުގަދަ ދެ ބާރުކަމަށްވާ ފްރާންސްގެ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީ އެއް ގުރޫޕަކަށް ލައްވާލައިފިއެވެ.
ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މިރޭ ކުރިއަށް ދިޔަ ގުރުލުމުގެ ރަސްމިއްޔާތުގައި، ސިޓީއާއި ޕީއެސްޖީގެ އިތުރުން ދެން ގްރޫޕް އޭ ގައި ހިމެނުނީ ބެލްޖިއަމްގެެ ކްލަބް ބުރޫޖް އާއި ޖަރުމަންގެ ލެއިޕްޒިގްއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް:
ގްރޫޕް އޭ:- ޕީއެސްޖީ، މެންޗެސްޓާ ސިޓީ، ކްލަބް ބްރޫޖް، އާރުބީ ލީޕްޒިގް
ގްރޫޕް ބީ:- ލިވަޕޫލް، އެތްލެޓިކޯ މެޑްރިޑް، ޕޯޓޯ، އޭސީ މިލާން
ގްރޫޕް ސީ:- ސްޕޯޓިން، ބޮރޫޝިއާ ޑޯޓްމަންޑް، އަޔެކްސް، ބެސިކްޓަސް
ގްރޫޕް ޑީ:- އިންޓަ މިލާން، ރެއާލް މެޑްރިޑް، ޝަޚްތަ، އެފްސީ ޝެރިފް
ގްރޫޕް އީ:- ބަޔާން މިޔުނިކް، ބާސެލޯނާ، ބެންފީކާ، ކިއޭވް
ގްރޫޕް އެފް:- ވިޔަރެއާލް، މެންޗެސްޓާ ޔުނައިޓެޑް، އެޓަލާންޓާ، ޔަންގް ބޯއީޒް
ގްރޫޕް ޖީ:- ލިއްލޭ، ސެވިއްޔާ، ވުލްފްބާގް، ސާލްސްބާގް
ގްރޫޕް އެޗް:- ޗެލްސީ، ޔުވެންޓަސް، ޒެނިތް، މަލްމޯ
ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް