ރާއްޖެއިން އިތުރު 108 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 59 މީހުންނާއި މާލެއިން 35 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 14 މީހުންނަށެވެ.
ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 5،681 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،684 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 10 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 78،514 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 225 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 80،436 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް