243 ކިލޯ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި

243 ކިލޯ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަތީ މިއަދު ކަމަށާއި މިތަކެތި ރާއްޖެއިން ބޭރުކުރަން އުޅުނީ ވައިގެ ...

26 Aug 2021 | 15:06

243 ކިލޯ މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަތީ މިއަދު ކަމަށާއި މިތަކެތި ރާއްޖެއިން ބޭރުކުރަން އުޅުނީ ވައިގެ މަގުން ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން 14 ފޮއްޓެއްގައި ރާއްޖެއިން ބޭރުކުރަން އުޅުނީ ލޮނު މަހުގެ ނަމުގައި ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން އަތުލައިގެން އެތަކެއްޗާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ނުބުނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް