ކޮންޓެއިނަރ ކްލިއަރ ރިކްއެސްޓް އާއި ކެންސަލޭޝަން ޓައިމަށް އެމްޕީއެލް އިން ބަދަލުތަކެއް ގެނެސްފި

ކޮންޓެއިނަރ ކްލިއަރ ރިކްއެސްޓް އާއި ކެންސަލޭޝަން ޓައިމަށް އެމްޕީއެލް އިން ބަދަލުތަކެއް ގެނެސްފި އެވެ. އެމްޕީއެލް އިން ބުނީ މިއީ މާލޭ ވިޔަފާރި ބަނދަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ޚިދުމަތްތައް ދ...

26 Aug 2021 | 14:20

ކޮންޓެއިނަރ ކްލިއަރ ރިކްއެސްޓް އާއި ކެންސަލޭޝަން ޓައިމަށް އެމްޕީއެލް އިން ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޕީއެލް އިން ބުނީ މިއީ މާލޭ ވިޔަފާރި ބަނދަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ޚިދުމަތްތައް ދުވަހުން ދުވަހަށް ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

އެގޮތުން ކޮންޓެއިނަރ ކްލިއަރ ކުރުމަށް ނަން ނޯޓުކުރުން މިހާރުވަނީ އެއްކޮށް ހުޅުވާލާފަ އެވެ. ކުރިން އޮންނަ އުސޫލަކީ 3 ދުވަސް ކުރިން ރިކްއެސްޓު ކުރުމަށެވެ.

މީގެ އިތުރުން ކެންސަލޭޝަން ޓައިމް ކުރިން އޮތް 24 ގަޑި އިރު، މިހާރު 48 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.

މިކަމުގެ ސަބަބުން ކަސްޓަމުންނަށް ކޮންޓެއިނަރ ރިކްއެސްޓު ކުރުމުގައި ފަސޭހަތަކެއް ލިބި، ބޭނުންވާ ދުވަހަކަށް ނޯޓު ކުުރުމުގެ ފުރުސަތު ލިނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް