ހިޔާ ޔޫނިއަން އިން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަޝްވަރާ ކޮށްފި

ހިޔާ ޔޫނިއަން އިން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަޝްވަރާ ކޮށްފި އެވެ. ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން ކަމާއިގުޅުން ހުރި މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ހިޔާ ޔޫނިއަނ...

26 Aug 2021 | 14:04

ހިޔާ ޔޫނިއަން އިން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަޝްވަރާ ކޮށްފި އެވެ.

ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން ކަމާއިގުޅުން ހުރި މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ހިޔާ ޔޫނިއަން އިން ބުނީ މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި 23 އޮގަސްޓް 2021 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޕެޓިޝަނުގެ ޖަވާބުގެ ގޮތުގައި އަރުވާފައިވާ ޖަވާބާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ކައުންސިލާއި ގުޅިގެން ޔޫނިއަންއިން މިިކަމުގައި ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބާތޯ ބަލައި އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ފްލެޓްތަކުގެ ރަށްވެހީންގެ ރަޖިސްޓްރީ އެކުލަވާލުން އަވަސްކުރުމާއި ގުޅޭ ގޮތުންނާއި ފޯކަލް ޕޮއިންޓެއް ކަންޑައެޅި، މަސައްކަތުގެ ތާވަލަކަށް މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މާލެ ސިޓީގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރު ނަހުލާ އަލީ ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން މި މަސައްކަތުގައި ޔޫނިއަންއާއެކު ސާބިތުކަމާއެކު ކުރިއަށް ދާނޭ ކަމުގެ ޔަޤީންކަން އަރުވާފައިވާ ކަމަށް ވެސް އެ ޔޫނިއަން އިން ބުނެ އެވެ.

މީގެ އިތުރުން ކުލި ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފަންނީ ލަފާތަކާއި އެކު ސިޓީ ކައުންސިލުން ހުށަހެޅި ހުށަހެޅުމަށް ވެސް ރިޢާޔަތް ކުރުމެއްނެތި ދެއްވާފައިވާ ރަޢީސްގެ ޖަވާބަކީ މޭޔަރާއި ރަޢީސް އާއި ކުރެވުނު މަޝްވަރާތަކާއި ދިމާ އިނދިކީލަ ޖަވާބެއް ކަމަށާއި މި ޖަވާބަކީ ފްލެޓްތަކުގެ އޯނަރުން މާޔޫސްކުރުވި ނުތަނަވަސް ދެރަ ޖަވާބެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވި ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މާލޭ ސިޓީ ކައުންސިލުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް