ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަަށް އެދިއްޖެ އެވެ.
ޖިންސީ ގޯނާގެ ހަތް މައްސަލައެއްގައި އޭނާ އާއި ދެކޮޅަށް ދައުވާަ އުފުލާފައި ވަނިކޮށެ ބޭސްފަރުވާއަށް ކަމަށް ބުނެ ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އިނގިރޭސިވިލާތަށް އަލީ ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ10 ވަނަ ދުވަހު އެވެ. އެކަމަކު އޭނާ އާދި ދެކޮޅަށް ހުށަޅާފައިވާ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވެގެން ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަަށް ނިންމައި ދެ މަހާއި10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ގެނެސް ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކުރުމަށް ފުލުހުން ދިޔައީ އިނގިރޭސި ފުލުހުންނާއި އިންޓަޕޯލް އާއި އެކު މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ އަލީ ހައްޔަރުކޮށްފައިވަނީ އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.
އިތުބާރު ހުރި ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ އަލީ ހައްޔަރު ކުރީ ވިސާ މުއްދަތު ހަމަވެގެން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އޮތީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތަށް އެދިފަ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާގޮތުން ހިމާޔަތަށް އެދިފައި ވަނިކޮށް ވިސާ ހަމަވިޔަސް އެކަމާ މެދު ވަކިގޮތެއް ނުނިމެނީސް، އެ ގައުމުން ޑިޕޯޓެއް ނުކުރެވޭނެ އެވެ.
އެހެންވެ މިހާރު ކޯޓު އަމުރު ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނެވޭނެ ކަމާއި މެދު މިވަނީ ސުވާލު އުފެދިފަ އެވެ. އަލީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އާއިލާ އާއި އެކު އެ ގައުމުގައި ދިރިއުޅުއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް