ތިނަދޫ 10 ދުވަސް ފަހުން އަނެއްކާވެސް އާންމު ހާލަތަށް ގެނެސްފި

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. ތިނަދޫއިން ކޯވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ17 ވަނަަ ދުވަހު އެވެ. އެ ދުވަހު މޮނިޓަރިންއަށް ލީ އެ ހާލަތު އުވާލިތާ23 ދުވަސް ފަހ...

26 Aug 2021 | 12:12

ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

ތިނަދޫއިން ކޯވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ17 ވަނަަ ދުވަހު އެވެ. އެ ދުވަހު މޮނިޓަރިންއަށް ލީ އެ ހާލަތު އުވާލިތާ23 ދުވަސް ފަހުންނެވެ.

މިއަދު މޮނިޓަރިންގެ ހާލަތު އުވާލި އިރު އެ ރަށުގައި މިވަގުތު ކޯވިޑް ޖެހިފައިވާ19 މީހުން އެބަތިއްބެވެ. އަދި އަލަށް އިއްޔެ ހަތަރު މީހުން ޕޮސިޓިވްވެފައިވެ އެވެ.

އެކި ކޭސްތަކާއި އަދި ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ101 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބެ އެވެ.

ތިނަދޫގެ މޮނިޓަރިންގެ ހާލަު އުވާލުމުން މިވަގުތު މޮނިޓަރިންގައި އޮތީ16 ރަށެކެވެ. އޭގެ ތެރެރިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގދ. މަޑަވެއްޔެވެ.

މިވަގުތި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއި 25 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް