ތިލަމާލެ ބްރިޖާއި މެދު ރައީސްއަށް އިތުބާރުނެތްކަން މިއަދުގެ ރަސްމިއްޔާތުން އެނގިއްޖެ: އަދުރޭ

ތިލަމާލެ ބްރިޖު ޕްރޮޖެކްޓާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު ނެތްކަން މިއަދު ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މި މަޝްރޫއު ހަވާ...

26 Aug 2021 | 11:26

ތިލަމާލެ ބްރިޖު ޕްރޮޖެކްޓާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު ނެތްކަން މިއަދު ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ހޮޓެލް ޖެންގައި އެވެ.

ރަސްމިއްޔާތުގައި އިސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފަ ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ބޭފުޅުންނަށް ބަލައި އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ރައީސް އަދި ނައިބު ރައީސް ވަޑައިނުގެންނަވާ ކަމަށެވެ. އޭގެން އެނގިގެން ދަނީ ހުދު ރައީސް ސޯލިހުއަށްވެސް އެ ޕްރޮޖެކްޓާއި މެދު ޔަގީންކަން ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

https://twitter.com/Banafsaa/status/1430843993365962754

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މާލެ ތިލަފުށީ ލިންކް ބްރިޖުން މާލެ، ވިލިމާލެ އަދި ގުޅީ ފަޅާއި ތިލަފުށީ ގުޅާލާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހެދޭ އެންމެ ދިގު ބްރިޖަށް ވާނެ އެވެ.

މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހޭދަ ކުރާއިރު އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.

ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރު ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް