އަފްގާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ސައީދު އަހުމަދު ސާދާތު ޖަރުމަނުވިލާތުގައި ޕިއްޒާ ޑެލިވަރީ ކުރަނިކޮށް ގިނަ ބަޔަކަށް ސަމާލުކަމަށް އަތުވެއްޖެ އެވެ.
ސާދާތު އަފްގާންގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އޭނާ 2018 ވަނަ އަހަރު އަފްގާންގެ ކުރީގެ ރައީސް އަޝްރަފް ގަނީގެ ސަރުކާރާއި ގުޅިވަޑައިގެންނެވުމަށް ފަހު 2020 ގައި މިނިސްޓަރު ކަމުން އިސްތިއުފާދެއްވީ ހިޔާލު ތަފާތު ވެގެންނެވެ.
އޭގެ ފަހުން ޖަރުމަނަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް ފަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި ޕިއްޒާ ޑެލިވަރީ ކުރަން އުޅެނިކޮށް މީހުންގެ ސަމާލުކަމަށް އެކަން ގެނައީ އަލްޖަޒީރާ އަރަބިކް އިންނެވެ. އެ ޗެނަލުން އެކަން ހާމަކޮށް ކުރި ޓުވީޓައި ގުޅިގެން ސްކައި ނިއުސްއިން ސާދާތު އާއި ގުޅުމުން އެކަން ކަށަވަރުކޮށްދެއްވާ ވިދާޅުވެފައިވަނީ ޕިއްޒާ ޑެލިވަރީ ކުރަން ފެށީ އޭނާގެ އަތުން ފައިސާ ހުސްވުމުން ކަމަށެވެ.
https://twitter.com/AJArabic/status/1430137823139532813
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދާދިފަހުން އޭނާ އަމިއްލަފުޅަށްވެސް އެއީ އަފްގާންގެ ކުރީގެ މިނިސްޓަރެއް ކަމަށް ޖަރުމަނުގެ ނޫސްވެރިއަކަށް ޕިއްޒާ ޑެލިވަރީ ކޮށްދިނުމަށް ފަހު ވިދާޅުވެފައިވެ އެވެ. އަދި އެ ވާހަކަ އެ ނޫސްވެރިއާއަށް ގަބޫލު ކުރަން ދަތިވި ކަމަށް ބުނެ ޓުވީޓުކޮށްފައިވެ އެވެ.
ސާދާތަކީ ކޮމިއުނިކޭޝަން އާއި އިލެކްޓްރޯނިކް އިންޖިނިއަރިން އިން ދެ މާސްޓާސް ޑިގްރީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ހާސިލް ކުރައްވައިފަވާ ބޭފުޅެކެވެ. ކޮމިއުނިކޭޝަން ދާއިރާގަ އޭނާ 23 އަހަރު ހިދުމަތް ކުރައްވާފައިވެ އެވެ.
އޭނާ އަދާކުރައްވާފައިވާ ފާހަގަ ކުރެވޭ ވަޒީފާތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އަރާމްކޯ އާއި ސައުދީ ޓެލެކޮމް ކޮމްޕެނީ، އަފްގާނިސްތާނުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އެޑްވައިޒަރުކަމުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަންގެ އަރިއާނާ ޓެލެކޮމްގެ ސީއީއޯކަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް