ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންިހާބުގައި ވާދަ ނުކުރެވޭ ސަބަަބު ސާފުކޮށްދޭން އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.
އެމްއެމްޕީއާރުސީ މައްސަލައިގަ މަހުލޫފަށް ދައުވާ އުފުލަން ފޮނުވާފައިވާތީ އެމްޑީޕީން ނިންމީ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމުންވެސް ނިންމާފައިވަނީ އެގޮތަށެވެ.
މިހާރު މަހުލޫފުގެ ފަރާތުން އެ މައްސަލަ އޮތީ އީސީއަށް ހުށަހަޅާފއި އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީގު ވިދާޅުވީ އީސީން ވަނީ އެކަމުގެ ތަފްސީލް ފޮނުވުމަށް ލިޔުމުން އަންގާފައި ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެ ޕާޓީން ޖަވާބު ފޮނުވާފައި ނުވާ ކަމަށެވެ.
މަހުލޫފަށް އިންތިހާބުގައި ފާދަ ކުރުމުގެ ފުރުސަތު ނުދޭން އެމްޑީޕީން ނިންމީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގެ ޝަރުތު މަހުލޫފްގެ ފުރިހަމަވިޔަސް ގައުމީ މަޖިލީހަށް އިންތިހާބުވާ މީހުންނަކީ އެ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ނުވާތީ އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަށް ވަކި ޝަރުތުކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށާއި އޭސީސީން މަހުލޫފްގެ މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާތީ އޭނާގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.
މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް ކުރިން އޭނާއާއެކު ކެންޑިޑެސީ ބާތިލު ކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލަ މުރާޖައާ ކުރުމަށް ފަހު، އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ކޮށް އަލުން އެ ފުރުސަތު ވަނީ ދީފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަހުލޫފު ހުށަހެޅުއްވީ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް