ހިޔާ ފްލެޓުގެ އިތުރު 2 ޓަވަރަށް މިއަދުވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ: ސްޓެލްކޯ

ހިޔާ ފްލެޓުގެ އިތުރު 2 ޓަވަރަށް މިއަދުވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން މިއަދު ކަރަންޓު ދިނުމަށް ނިންމާފ...

26 Aug 2021 | 05:46

ހިޔާ ފްލެޓުގެ އިތުރު 2 ޓަވަރަށް މިއަދުވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން މިއަދު ކަރަންޓު ދިނުމަށް ނިންމާފައިވަނީ 13 އަދި 14 ވަނަ ޓަވަރު ފްލެޓްތަކަށް ކަމަށެވެ.

ކަރަންޓު ދިނުމަށް މިއަދުހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށާއި ފްލެޓްގެ ވެރިފަރާތުން އެ މީހަކަށް ޚާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށް ވެސް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ.

ސްޓެލްކޯ އިން ވަނީ އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށާއި ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

https://twitter.com/STELCOMALDIVES/status/1430733091572621320

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް