ބޭބެ އާމިރްގެ ކައިވެނި ރޫޅުނު ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަން ފައިސަލްއަށް އަނގަ ހުޅުވޭކަށް ނެތް!

ބޮލީވުޑްގެ ބަތަލް އާމިރް ހާން އާއި ކުރީގެ އަނބިމީހާ ކިރަން ރާހޯގެ ކައިވެނި 15 އަހަރު ފަހުން ނިމުނު ގޮތާއި ގުޅޭގޮތުން ނޫސްވެރިން އެންމެ ފަހުން ސުވާލު ކުރީ އާމިރުގެ ކޮއްކޮ ފައިސަލް ހާން އާއި އެވެ. ބޮލީވ...

26 Aug 2021 | 02:19

ބޮލީވުޑްގެ ބަތަލް އާމިރް ހާން އާއި ކުރީގެ އަނބިމީހާ ކިރަން ރާހޯގެ ކައިވެނި 15 އަހަރު ފަހުން ނިމުނު ގޮތާއި ގުޅޭގޮތުން ނޫސްވެރިން އެންމެ ފަހުން ސުވާލު ކުރީ އާމިރުގެ ކޮއްކޮ ފައިސަލް ހާން އާއި އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރި ނަމަވެސް މާބޮޑު ކާމިޔާބެއް ހާސިލް ކުރެވިފައި ނުވާ ފައިސަލް މިހާރު ދަނީ ފިލްމު ޑައިރެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސއްކަތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލުތަކުގެ ތެރޭގައި އާމިރުގެ ކައިވެންޏާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ދިނީ ތަފާތު ޖަވާބެ ކެވެ.

ފައިސަލް ބުނީ އެ ދެމީހުންގެ ކައިވެނި ރޫޅުނު ގޮތާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އޭނާގެ އަމިއްލަ ދިރިއުޅުން ކާމިޔާބު ވެފައި ނުވާތީ އެވެ.

ފައިސަލް ބުނީ އޭނާވެސް ދެން މީހަކާއި ނީންނާނެ ކަމަށެވެ. ސަބަބަކީ އަންބަކު ހޯދައިގެން ކައިވެންޏެއް ކޮށްގެން އުޅުމަކީ ބުރަ ބޮޑު އަދި އުނދަގޫ މަސައްކަތަކަށް ވާތީ އެވެ. އެހާ ފައިސާ ނެތް ކަމަށް ފައިސަލް ބުންޏެވެ.

ފައިސަލް މިހާޜު ޑައިރެކްޓު ކުރަމުންދާ ފިލްމަކީ "ފޭކްޓްރީ" އެވެ. އޭނާ ބުނީ އެ ފިލްމު އާމިރު ބަލާފައިވާ ކަަމަށެވެ. އަދި އޭނާގެ މަސައްކަަށް ތައުރީފު ކޮށްފައިވާ ކަމށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް