އަންހެނުންނަށް ވުރެ ގިނައިން ވަގު ބިޓުން ގެންގުޅެނީ ފިރިހެނުން: ދިރާސާ

އަންހެނުންނަށް ވުރެ ގިނައިން ވަގު ބިޓުން ގެންގުޅެނީ ފިރިހެނުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ކެނެޑާގެ ޔުނިވާސިޓީ ޑި މޮންޓެރިއަލް އިން ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ދުނިޔޭގެ އާބާދީ...

26 Aug 2021 | 01:11

އަންހެނުންނަށް ވުރެ ގިނައިން ވަގު ބިޓުން ގެންގުޅެނީ ފިރިހެނުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކެނެޑާގެ ޔުނިވާސިޓީ ޑި މޮންޓެރިއަލް އިން ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ދުނިޔޭގެ އާބާދީގެ 63 އިން ސައްތަ ފިރިހެނުން ވަގު ބިޓުން ގެންގުޅޭ ކަމަށެވެ. އަދި އެގޮތަށް ވަގު ބިޓުން ގިނައިން ގެންގުޅެނީ އޮފީސްތަކުގައި މަސައްކަތް ކުރާ މަތީ ފަންތީގެ ފިރިހެނުން ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

ވަގު ބިޓުން ގެންގުޅޭ ކަމަށް ބުނާ ތިން ހާހަށް ވުރެ ގިނަ ފިރިހެނުން ބޭނުން ކޮށްގެން ހެދި މި ދިރާސާގައި ބުނެފައިވާ ގޮތުން ގިނައިން ވަގު ބިޓުން ގެންގުޅޭ ފިރިހެނުންނަކީ ބޮޑެތި ކުންފުނިތަކާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ބޮޑު މުސާރަ ލިބޭ ޕްރޮފެޝަނަލް މަސައްކަތް ތެރިންނެވެ.

އަދި މިގޮތަށް ވަގު ބިޓުން ގެންގުޅޭ ފިރިހެނުންގެ އަދަދު ކޮންމެ އަހަރަކު އަށް ޕަސެންޓް އިތުރުވަމުންދާ ކަމަށް ވެސް މި ރިޕޯޓުގައި  ވަނީ ބުނެފަ އެވެ. އަދި ގިނަ ފިރިހެނުން މިގޮތަށް ގުޅެނީ އޮފީހުގައި އެކުގައި މަސައްކަތް ކުރާ އަންހެނުންނާއި ކަމަށް ވެސް ބުނެފައި އެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ ވަގުތުތަކުގައި ވަގު ބިޓުން ގެންގުޅޭ ފިރިހެނުންގެ ތެރެއިން 29 ޕަސެންޓް ފިރިހެނުން ހަފުތާއަކު 60 ގަޑިއިރު އޮފީހުގައި ހޭދަކުރާ ކަމަށެވެ. އަދި 34 ޕަސެންޓް ފިރިހެނުން ހަފުތާއަކު 40 ގަޑިއިރު އޮފީހުގައި ހޭދަކުރާ ކަމަށެވެ.

މިފަދަ ކަންކަމަކީ މުޖުތަމަޢުގައި ވަރަށް ބޮޑަށް އާންމު ވަމުން އަންނަ ކަމެއް ކަމަށް ވެސް ދިރާސާގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް