ސޮނެވާ އާއި ސްވިމިން ސްކޫލުން މާޅޮހުގައި ސްވިމިން އެންޑް ވޯޓާ ރެސްކިއު އިންސްޓްރަކްޓާ ކޯހެއް ބާއްވައިފި

ބ. މާޅޮހުގައި ސްވިމިން އެންޑް ވޯޓާ ރެސްކިއު އިންސްޓްރަކްާ ކޯހެއް ކުރިޔަށް ގެންގޮސްފި އެވެ. މި ކޯހަކީ ސޮނެވާ ނަމޫނާ އާއި މޯލްޑިވްސް ސްވިމިން ސްކޫލުން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޯހ...

26 Aug 2021 | 01:09

ބ. މާޅޮހުގައި ސްވިމިން އެންޑް ވޯޓާ ރެސްކިއު އިންސްޓްރަކްާ ކޯހެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ކޯހަކީ ސޮނެވާ ނަމޫނާ އާއި މޯލްޑިވްސް ސްވިމިން ސްކޫލުން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޯހެކެވެ. މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާ ބަންދުގައި އެވެ.

މި ކޯހުގައި ޖުމްލަ24 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ މާޅޮހުގެ15 ބައިވެރިންނާއި ބ. ކިހާދޫން ހަތަރެއް އަދި ސޮނެވާ އިން ފަސް ބައިވެރިންނެވެ. ބައިވެރިންގެ ތެރޭގައި ހިމެނެނީ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުންނާއި މިދިޔަ އަހަރު ސްކޫލް ނިންމި ދަރިވަރުންނާއި ޒުވާނުންނެވެ.

މާޅޮހު ކައުންސިލުން ބުނީ މިފދަ ކޯހެއް އިންތިޒާމް ކުރީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން ކަމަށެވެ. އަދި މާޅޮހުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު މޫދާއި މޫދާއި ގުޅުން ހުރި ކަންކަމަށް ކުދިން ޝައުގުވެރި ކުރުވުން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި ކޯހުގެ ތެރެއިން ވަނީ ހާއްސަ ފެތުމެއް ބާއްވާފަ އެވެ. ފެތުން ކުރިޔަށް ގެންގޮސްފައިވަނީ ކިހާދޫ އާއި މާޅޮހާއި ދެމެދު އެވެ. ދެ ރަށް ދޭތެރެ ހުރަސް ކުރުމަށް ބައިވެރިން ގާތްގަނޑަކަށް ތިން ގަޑިއިރާއި ބާއި ހޭދަ ކޮށްފައިވެ އެވެ.

މާޅޮހު ކައުންސިލުން ބުނީ ކޯސް އިންތިޒާމް ކުރުމުގައި އެ ކައުންސިލަށް ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި، ފެނަކަ، ސިއްހީ މަރުކަޒު އަދި ރައްޔިތުންނާއި ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް