ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން އިއުލާނު ކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރ...

26 Aug 2015 | 07:42

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ މައްޗަށް ކޮށްފައިވާ މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ސ.ފޭދޫ، ސްނޯވައިޓް، އިބްރާޙީމް ރަޝީދު (32އ) އެވެ.

ފުލުހުން ބުނީ އިބްރާޙީމް ރަޝީދު ހޯދަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން، އުޅޭ ވަކި އެޑްރެހެއް ނޭނގޭތީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ހަވާލުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ޙާޟިރު ކުރުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށެވެ.

އިބްރާޙީމް ރަޝީދު އާއި ބެހޭ އެއްވެސް މޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް