ސްޕާއެއްގައި ހަށިވިިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ އަންހެނަކާއި ފިރެހެނެއް ރަސްދޫއިން އަތުލައިގެންފި

އއ. ރަސްދޫ ސާހިލް ގޭގައި، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވަލޮޕްމެންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ނުކޮށް ސްޕާއެއްގެ ނަމުގައި ހިންގަމުން އައި ބުލޫ ވެލި ސެލޫން އިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބ...

26 Jul 2024 | 18:25

އއ. ރަސްދޫ ސާހިލް ގޭގައި، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވަލޮޕްމެންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ނުކޮށް ސްޕާއެއްގެ ނަމުގައި ހިންގަމުން އައި ބުލޫ ވެލި ސެލޫން އިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ ރަސްދޫއިން ހަށިވިއްކާ ކަމުގެ މައްސަލައެއް ރިޕޯޓު ކުރުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބުލޫވެލި ސެލޫން ބަލާ ފާސްކޮށް ހަށި ވިއްކާ ކަމުގެ ތުހުމަތުގައި42 އަހަރުގެ އަންހެނަކާއި27 އަހަރުގެ އަންހެނަކާއި28 އަަހަރުގެ ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެންމެންނަކީ ވެސް ބިދޭސީން ކަމަށް ފުލުހުން ބުނެފައިވާއިރު އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން އެކަކު ވަނީ ޝަރުތުކޮށް  ދޫކޮށްފައެވެެ. ދެން ތިބި ދެ ބިދޭސީންގެ ބަންދަށް15 ދުވަސް ޖެހުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް