ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު ދެ ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއެއްގެ އަތުން މިއަދު ފޯނެއް ފޭރުނު ދެ ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ސައިކަލެއްގައި ދިޔަ ދެމީހަކު މިއަދު މިއަދު މެންދުރު 12:38 ...

26 Jul 2024 | 12:28

މާލޭގައި ބިދޭސީއެއްގެ އަތުން މިއަދު ފޯނެއް ފޭރުނު ދެ ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ސައިކަލެއްގައި ދިޔަ ދެމީހަކު މިއަދު މިއަދު މެންދުރު 12:38 ހާއިރު ހ. އެއްގަމުގެ ކައިރިން ހިނގާފައިދިޔަ ބިދޭސީ ފިރިހެނެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

"މި މައްސަލައިގާ ފޭރުނު ފޯނު ވަނީ ރިކަވަރ ކުރެވިފައި، ތުހުމަތު ކުރެވޭ ދެމީހަކު ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް