މޫސުން ތަން ނުދޭތީ ސިފައިންގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުމަށް ތާވަލްކުރެވުނު ސިފައިންގެ ޝަރަފުގެ ހިނގާލުން އޮގަސްޓު ދެ އަކަށް ފަސްކޮށްފިއެވެ. މިއަދު ބޭއްވުމަށް ތާވަލްކުރެވުނު ސިފައިންގެ މި ހިނގާލުން މޫސުން ތަނ...

26 Jul 2024 | 11:56

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުމަށް ތާވަލްކުރެވުނު ސިފައިންގެ ޝަރަފުގެ ހިނގާލުން އޮގަސްޓު ދެ އަކަށް ފަސްކޮށްފިއެވެ.

މިއަދު ބޭއްވުމަށް ތާވަލްކުރެވުނު ސިފައިންގެ މި ހިނގާލުން މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

ދިވެހިރާއްޖޭގެ59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓު ކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ ސިޓީ ކައުންސިލުން  ރޭ މިއަދު ހަވީރު16:00 އިން18:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއް ކަމުގައި ކަނޑައެޅި ނިންމުން ވެސް ވަނީ ބާތިލްކޮށްފައެވެ.

އެގޮތުން އަންނަ ހުކުރު ދުވަހަށް އެ ހިނގާލުނ ތާވަލްކޮށްވާއިރު އެ ދުވަހުގެ ހަވީރު 4-6 އަށް މާލޭގެ މަގުތަކުގައި ހިނގާފައި އުޅުމަށް އަދި ޓްރެފިކް ނޯޓިސްއެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް