ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ރަނިންމޭޓެއް ކަނޑައަޅާނީ ހުކުރު ދުވަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ.
ނަމަވެސް އިލްޔާސަށް އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ ފެންނަ ނުފެންނަ ވޯޓަކާއެކު،10 އިންސައްތަ މީހުން ފެންނަ ކަމަށް ވޯޓު ލައިގެންނެވެ.
އިލްޔާސްގެ ކެމްޕޭން ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، އިލްޔާސްއަކީ ނަޝީދުގެ ބަދަލުގައި ވެރިކަމަށް ގެންނަން އެންމެ އެކަށޭނަ ފަރާތް ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މިހާރަށްވުރެ ޒުވާން ލީޑަރުން ބޭނުންވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ ހުކުރު ދުވަހުއެވެ. އަދި ވޯޓަށްފަހު އެ ޕާޓީގެ ރަނިންމޭޓެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް