ޖުމްހޫރީ މައިދާނުގައި ބޮމެއް އޮތް ކަމަށް ޝައްކު ކުރެވިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ފޮޓޯއާއެކު ބުނެފައިވަނީ ޖުމްހޫރީ މައިދާނުގައި ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމްބް ސްކޮޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނީ ދަބަހެއް ހިފައިގެން އެތަނުގައި އޮތް މީހެއްގެ ދަބަހުން އެފަދަ އެއްޗަކާ އެއްގޮތް ސިފަތަކެއް ހުރި އެއްޗެއް ފެނުމުން އަމަލުކުރާ އުސޫލުގެ ތެރެއިން ޗެކްކުރިއިރު އެއީ އެފަދަ އެއްޗެއް ނޫންކަން އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް