ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58 ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މިނިވަން ދުވަހާއި ކުރިއަށް އަތް ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ މިނިވަން58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ.
"އެންމެ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެ، އަދި ހަމައެހެންމެ، #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެ، އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ" އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް، ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަމުން ވިދާޅުވެފައިވަނީ މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އުރީދޫގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަރ އެއް ކަމަށެވެ. މި އޮފަރ އަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފަރ އެއްކަމަށް އުއްމީދުކުރާކަމުގައިވެސް ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓް 2023 ގެ ނިޔަލަށް ނެންގެވޭނެއެވެ.
އުރީދޫ ގެ މެނޭޖްމަންޓް އަދި މުޅި ޓީމުން އުރީދޫގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް އުރީދޫއިން މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް