ހުޅުމާލެއަށް ވަންނަންދިޔަ ލޯންޗެއް ތޮށީގައިޖެހި ދެމީހަަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ފަޅަށް ވަންނަންދިޔަ ލޯންޗެއް ހުޅުމާލޭ ބޭރުތޮށީގައިޖެހި ހިނގި ހާދިސާއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. މެރިން ފުލުުހުން ބުނެފައިވަނީ މިރޭ 8:30 ހާއިރު ހުޅުމާލެއަށް ވަންނަންދިޔަ "ލީޖަން5" ނަމ...

26 Jul 2022 | 16:43

ހުޅުމާލޭ ފަޅަށް ވަންނަންދިޔަ ލޯންޗެއް ހުޅުމާލޭ ބޭރުތޮށީގައިޖެހި ހިނގި ހާދިސާއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މެރިން ފުލުުހުން ބުނެފައިވަނީ މިރޭ 8:30 ހާއިރު ހުޅުމާލެއަށް ވަންނަންދިޔަ "ލީޖަން5" ނަމަކަށްކިޔާ ލޯންޗެއް ހުޅުމާލެ ބޭރުތޮށީގައިޖެހިފައިވާކަމުގެ މައުލޫމާތު ލިބިގެން މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

"މި ހާދިސާގައި ލޯންޗުން ދަތުރުކުރި ދެމީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށްވަނީ ގެންދެވިފައި" މެރިން ޕޮލިހުން ބުނެފައިވެއެވެ.

މެރިން ޕޮލިހުން އިތުރަށް ބުނެފައިވަނީ އުޅަނދުގެ ވެރިފަރާތުން އުޅަނދު އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް