މިޒަމާނަކީ ކްރޮސް ބޯޑަރ ތްރެޓް ކަހަލަ ކަންކަމުގައި އެއްޤައުމަށް އެކަނި ސަލާމަތް ވެވޭނެ ޒަމާނެއް ނޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިނިވަން ދުވަހާ ގުޅޭ ގޮތުން ރާއްޖެޓީވީން ގެނެސްދިން ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަމާލް ވިދާޅުވީ އެފަދަ ކަމަކުން ސަލާމާތްވާން އެންމެ މުހިންމު ދާއިރާއަކީ އިންޓެލިޖެންސް ވަރުގަދަ ކުރުން ކަމަށެވެ. އެހެންކަމުން މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު، ކައިރި ޤައުމުތަކަށް ރާއްޖެއިން މި އޮތީ ވަރަށް ބޮޑަށް ފަތުރާލާފައި ކަމަށް ޝަމާލް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެހެން ޤައުމުތަކާއި ގުޅިގެން އެކްސަސައިޒްތައް ބާއްވާތާ ގާތްގަނޑަށް 20 އަހަރުވެފައިވާކަން ފާހަގަ ކުރައްވާ ޝަމާލް ވިދާޅުވީ ކަނޑުގެ މަގުންނާއި ވައިގެ މަގުން ހިންގާ އޮޕަރޭޝަންތަކުގެ ސަރަހައްދުގެ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުން ރާއްޖޭގެ ސަރަހައްދު އޮތީ ސަލާމަތުންނަށް ދެނެގަނެވޭނެ ކަމަށެވެ.
ވައިސް ޗީޕް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބުދުއްރަހީމް އަބުދުއްލަތީފް ވެސް ވިދާޅުވީ ޚާއްސަކޮށް ކަނޑުގެ ސަރަހައްދުގައި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް