މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެ...

26 Jul 2022 | 14:16

މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

މި ޙަރަކާތް އޮތީ މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ. މި ޙަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަނުންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް