ސީޝެލްސްއަށް ގެންނަމުންދާ ދިމިގްރާތީ ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރައީސް ނަޝީދު، ސީޝެލްސްގެ ރައީސް އާއި ނައިބް ރައީސްއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި ސީޝެލްސްގެ ރައީސް ވަނީ ރަށްތަކުގެ ގުޅުމާއި, ތިމާވެއްޓާއި ފަތުރުވެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސީޝެލްސްގެ ނައިބް ރައީސް އަހްމަދު އަފީފްގެ މަންމައާއި ބައްޕައަކީ ދިވެހިންނެވެ. ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ދައުލަތް -- ޔުނައިޓެޑް ސުވަދިވްގެ ވެރިޔަކީ އަހްމަދު އަފީފުގެ ބައްޕަ އަބްދުﷲ އަފީފް އެވެ.
https://twitter.com/MohamedNasheed/status/1551821781186801664
އަހްމަދު އަފީފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހު ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެހާމެ ޚިދުމަތްތެރި އެއް އާއިލާ، އެޅަނގެ އާއިލާގެ އަބްދުﷲ އަފީފްގެ ދަރިކަލުން އަހްމަދު އަފީފްއާ ބައްދަލުވެ މަރުހަބާ ދެންނެވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ
ރައީސް ނަޝީދު ސީޝެލްސްއަށް ވަޑައިގެންފައިވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ރޮޖަރ މަންސިއެންގެ ދައުވަތަކަށް މިމަހުގެ 28 ނިލަޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް