ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދީނީ ޢިލްމު ހާސިލުކުރެއްވީ ކޮންތާކުންތޯ ދީނީ ޢިލުވެރިޔާ ޝައިޚް ޢަލީ ޒައިދު ސުވާލުކުރައްވައިފިއެވެ.
ޝައިޚް ޒައިދު މިފަދައިން ސުވާލުކުރައްވާ ޓްވީޓު ކުރެއްވީ ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ވިދާޅުވެ، ޔޯގާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ޢިލުވެރިން ނެރުއްވި ފަތުވާއަށް ރައީސް ނަޝީދު ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.
https://twitter.com/MohamedNasheed/status/1551852175415906304
ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެއަށް ރައްދުދެއްވައި ޝައިޚް ޒައިދު ވިދާޅުވީ ނުކިޔަވައި ފަތުވާ ދެއްވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު ދީނީ ޢިލްމު ހާސިލުކުރެއްވީ ކޮންތާކުންތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ.
"ދުނިޔޭގެ އަސްލު އުސޫލުތައް އެނގެނީ ކިހާވަރަކަށްތޯ؟ އަޤީދާގެ މައްސަލަތަކާއި އިޖުމާއާއި ޤިޔާސާ ފިޤްހުގެ އެކި މައްސަލަތަކުގައި މީޒާންކޮށް ޤިޔާސް ކުރައްވަން ދަސްކުރެއްވީ ދީނީ ކޮން ޔުނިވާސިޓީއަކުންތޯ؟" ޝައިޚް ޢަލީ ޒައިދު ރައީސް ނަޝީދަށް ސުވާލުކުރެއްވިއެވެ.
https://twitter.com/alizaid1000/status/1551881490765873152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551881490765873152%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F103976
"އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށް ވަނީ ބުނެފައެވެ. އޭގެތެރެއިން ދެ ރަޢުޔަކީ ޔޯގާ ހަރާމްކަމަށް ނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައިވެއެވެ.
މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން ފާހަގަވާ ކަންކަންކަމަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމަކީ:
- ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
- ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
- މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައްކަމަށް ޢިލްމުވެރިންފާހަގަކޮށްފައިވާ އެންމެ މުހިންމު އެއްކަމަކީ އެ ޢަމަލުގެ ތެރޭގައި ޝިރުކުގެ ޢަމަލު ހިމެނޭތީއެވެ.
ޔޯގާއާއި ގުޅޭގޮތުން އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ދިރާސީ ކަރުދާހެއް ނެރެފައިމިވަނީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ވަދެ، ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވަނިކޮށްނެވެ.
އެ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކޮށް، ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ކަމުގައިވާ ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ.
ނަމަވެސް ޝަރުތުތަކަކާއެކު ޝައިޚް ފަޒްލޫން މިހާރުވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައިގާ ޝައިޚް ފަޒްލޫން ގެންދަވަނީ ފުލުހަށް ހާޒިރުކުރަމުންނެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ޖުލައި މަހު 19 ވަނަ ދުވަަހު ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.
ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެ މިނިސްޓްރީން ބުނީ އެ ހުއްދަ އަނބުރާ ގެންދިޔައީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް