މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ އިން ދޭ ހަދިޔާއަކީ މިއޮތީ!

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ސެމިލިސް ފޮންޑޫގެ އުފެއްދުންތަކުން 26 ޕަސެންޓްގެ ޚާއްސަ ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. އެ...

26 Jul 2022 | 11:28

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ސެމިލިސް ފޮންޑޫގެ އުފެއްދުންތަކުން 26 ޕަސެންޓްގެ ޚާއްސަ ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަކު މި ޕްރޮމޯޝަންގައި ބައިވެރިވެވޭވީ މިއަދު ކުރާ އޮޑަރުން ކަމަށެވެ.

ސެމިލިސްގެ ފޮންޑޫގެ ތެރެއިން ޗީސް ފޮންޑޫ އަދި ޗޮކްލެޓް ފޮންޑޫ ނަގާ އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް 26 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު، އުރީދޫ އިން ބުނީ މިއީ އާއިލާ އާއި ރައްޓެހިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

https://twitter.com/OoredooMaldives/status/1551841918618705920

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އިން ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް