ގޮތާބޭ ފިލީކީ ނޫން، ވަރަށް އަވަހަށް އެނބުރި އަންނާނެ: ލަންކާ ތަރުޖަމާނު

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ގައުމު ދޫކުރައްވައި ފިއްލެވީކީ ނޫންކަމަށާއި ދާދި އަވަހަށް އެނބުރި އަންނާނެކަމުގައި ސްރީލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑޫލަ ގުނަވަރްދަނަ ވިދާޅުވެއްޖެއެ...

26 Jul 2022 | 10:24

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ގައުމު ދޫކުރައްވައި ފިއްލެވީކީ ނޫންކަމަށާއި ދާދި އަވަހަށް އެނބުރި އަންނާނެކަމުގައި ސްރީލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑޫލަ ގުނަވަރްދަނަ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެ ގައުމުގެ ނޫސްެވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

އައު ސަރުކާރުގެ ކެބިނެޓް ތަރުޖަމާނު ބަންޑޫލަ ވިދާޅުވީ ގޮތާބޭ އުޅުއްވަނީ ފިއްލަވައިގެންނޫންކަމަށެވެ. އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރައްވައެވެ.

ތަރުޖަމާނު މިހެން ވިދާޅުވިނަމަވެސް އެ ގައުމުގެ ސަރުކާރާ ދެކޮޅު ފަރާތްތައް ގަބޫލުކުރަނީ ރައްޔިތުން ނިކުމެ ރައީސްގެ ރަސްމީ ގެކޮޅު ހިސޯރުކޮށް ގައުމުގެ ވެރިން ކުޑަކަކޫ ޖެއްސުމުން ގޮތާބޭ ފިއްލެވީ ކަމަށެވެ.

އެގޮތުން ގޮތާބޭ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖޭގައި މަޑުކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ ސިންގަޕޫރަށެވެ. މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް