ވިކީ އާއި ކެޓަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ބޮލީވުޑް ބަތޮލު ކެޓްރީނާ ކެއިފް އާއި އޭނާގެ އަންހެނުން، ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލައިގާ މުމްބައި ފުލުހުން ހައްޔަރުކޮށްފައިވަނީ މަހަންވީރު...

26 Jul 2022 | 10:14

ބޮލީވުޑް ބަތޮލު ކެޓްރީނާ ކެއިފް އާއި އޭނާގެ އަންހެނުން، ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ މުމްބައި ފުލުހުން ހައްޔަރުކޮށްފައިވަނީ މަހަންވީރު ސިންގް ނަމަކަށް ކިޔާ މީހެކެވެ. މަހަންވީރަކީވެސް ބޮލީވުޑްގައި ކުދި ކުދި ރޯލުތައް ކުޅެއުޅޭ އެކްޓިން ދާއިރާގައި މަސައްކަތްކުރާ މީހެއްކަމަށް އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ. މުމްބައި ފުލުހުން، މަހަންވީރު ސިންގް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެެ.

އިންޑިއާ މީޑިއާގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ވިކީ މުމްބައި ފުލުހުންނަށް މައްސަލަ ހުށަހެޅީ ސޯޝަލް މީޑިއާގައި މީހަކު ކެޓަށް ސްޓޯކްކޮށް އެދެމަފިރިންނަށް މަރުގެ އިންޒާރު ދިން މައްސަލައެކެވެ.

މި މައްސަލައިގާ މަހަންވީރު ހައްޔަރުކޮށްފައިވާއިރު އޭނާ ކެޓަށް އެކި ގޮތްގޮތުން ގޯނާކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާކަމަށްވެއެވެ. އެގޮތުން އޭނާއާއި ކެޓާއެކު ފޮޓޯ އެޑިޓްކޮށްގެން ސޯޝަލް މީޑިއާގައި ބޭނުންކުރުމާއި ކެޓްދެކެ ލޯބިވާކަން ހާމަކުރުމާއި ކެޓާއި ކައިވެނިކުރަންބޭނުންވާކަން މީގެ ކުރިން ސޯޝަލް މީޑިއާގައި ހާމަކުުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް