ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލުކަމަށް ގަބޫލު ނުކުރެވޭ: ނާޒިމް

ދައުލަތާ، ސަރުކާރުގެ ޚިދުމަތާ އެކަށީގެން ނުވާވަރަށް ދައުލަތް ބޮޑުކޮށް، އިސްރާފް ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އިރު ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލުކަމަށް ގަބޫލ...

26 Jul 2022 | 08:50

ދައުލަތާ، ސަރުކާރުގެ ޚިދުމަތާ އެކަށީގެން ނުވާވަރަށް ދައުލަތް ބޮޑުކޮށް، އިސްރާފް ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އިރު ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލުކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި ނާޒިމް ވިދާޅުވީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އާންމު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދައްވަމުންދާ ކަމަށެވެ.

މިނިވަންކަމަށް 57 ފުރޭއިރު ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ މިނިވަން ނޫސްވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ހައްގުގައި ހިލި ހިލާ ޖެހިފައިވާ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު އެތައްބައެއްގެ ހިތްތަކުގައި ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ދިވެހިންގެ މަސްލަހަތު އިސްކޮއްގެންތޯ، އެތައްބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

"އެމްއެންޕީގެ ވެރިކަމެއްގައި، ދިވެހިންގެ މިނިވަންކަމަށް ބުރު އަރާފާނެ އެއްވެސް ކަމެއް ނުކުރާނެ. އަދި ދިވެހިންގެ ލޮބުވެތި ފަސްގަޑުން ހަމަ ހިލާ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމުގެ ޔަގީންކަންދެން." ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް